މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ “ނަސްރު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވެގެން ސިފައިން ހަރަކާތްތެރިވާން .ފަށައިފިއެވެ
އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ކޯސްޓްގާޑް ހާބަރު ކްރާފްޓަށް ވަނީ ނަގާފައެވެ.
މިއީ މިއަދު ކަނޑުމަތީގައި ހިނގި ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން މާލެއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް “އަލްމާކް-ފިޔަ” ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެއް ރޭ ވަނީ ބަންޑުން ޖަހާލައިފައެވެ. ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫ އަށް ދަތުރު ކުރަމުންދިޔަ މި ކޮޅުވެއްޓިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. އަދި އަދިވެސް ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.