ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަކީ ވައުދުވެ ރަނުން ރަނަށް އެ ވައުދު ފުއްދަވާ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯއްދެވި ވެރިއެއް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ އާއިލާތަކަށް އުފާވެރިކަން ކަމަށް ވިދާޅުވެ ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯގާތެރި ވެރިއެއްގެ ހުރި އިހުސާންތެރިކަން މި މޭމަހުގެ ޓީޗަރުންގެ މުސާރައިން ހާމަވެއްޖެ ކަމަށެވެ. އެޕްރީލް މަހާއި މޭމަހުގެ މުސާރަ ސްލިޕަކާއެކު ސަމީރު މި ޓުވީޓު ކުރެއްވި އިރު ބައެއް ޓީޗަރުން ދަނީ މުސާރަ ބޮޑުވާނެ ކަމަށް ސަރުކާރުން ޓީޗަރުންނަށް އޮޅުވާލީ ކަމަށް ބުނަމުންނެވެ.
އަދި މިފަދަ ބައެއް ޓީޗަރުން ވަނީ ހިރާސްގެ ޓީމާއި ބައެއް އެކަލަ ސްލިޕްތައްވެސް ހިއްސާކޮށްފައެވެ. އެހެން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުން ސަމީރު އެ ވިދާޅުވިފަދަ އުފާވެރިކަން ލިބުނީ ކިތައް އާއިލާއަށް ކަން އަދި ޔަގީނެއް ނޫނެވެ.