Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ނައިފަރަށް 30 ޓަނުގެ އައިސް ޕްލާންޓަކާއި، 300 ހައުސިން ޔުނިޓް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޅ. ނައިފަރުގައި 30 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތުގެ ބިންގާ އަޅުއްވައިފިއެވެ. މީގެ އިތުރުން، އެ ރަށުގައި 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ވަނީ ހަވާލުކުރައްވާފައެވެ.

އައިސް ޕްލާންޓްގެ ބިންގާ އެޅުމުގެ ހާއްސަ ހަފްލާ ބާއްވާފައިވަނީ އިއްޔެ ރައީސް މުއިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. މި ޕްލާންޓަކީ ނައިފަރުގެ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ.

ނައިފަރުގައި 300 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ ހަވާލުކުރެއްވީ ރައީސް މުއިއްޒު ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާޓް ކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ރަސްމިއްޔާތުގައި ނައިފަރު ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ނައިފަރު ފަދަ އާބާދީ ބޮޑު ރަށްރަށުގައި އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެކަން ހައްލުކުރުމަށް ރިޔާސީ އިންތިހާބުގައި 400 ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ވައުދުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މިރޭ އެޗްޑީސީއާ ހަވާލުކުރެވުނު 300 ޔުނިޓަކީ އެ 400 ޔުނިޓުގެ ތެރޭގައި ހިމެނޭ ޔުނިޓުތައް ކަމަށާއި، އިތުރު 100 ހައުސިން ޔުނިޓް އެޅުމަށް ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އެ 400 ހައުސިން ޔުނިޓުގެ އިތުރުން 2027 ވަނަ އަހަރު އިތުރު 400 ހައުސިން ޔުނިޓް ނައިފަރުގައި އަޅަން ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މި ދައުރު ނިމުމުގެ ކުރިން މި ހައުސިން ޔުނިޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވަރު ނިމޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ ނައިފަރު ރައްޔިތުންގެ ދިރިއުޅުމަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

އިއްޔެ ނައިފަރުގައި ފެށި އިތުރު މަޝްރޫއުތަކުގެ ތެރޭގައި އެރަށުގެ މަގު ހެދުމުގެ އަމަލީ މަސައްކަތާއި، ބަނދަރު އަޕްގްރޭޑް ކުރުމާއި އައު ބަނދަރެއް ތަރައްގީ ކުރުމަށް ހަވާލުކުރުންވެސް ހިމެނެއެވެ. 

އެގޮތުން ސަރުކާރުން މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. އަދި ބަނދަރު އަޕްގްރޭޑް ކުރުމާއި އައު ބަނދަރެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ