Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކ. ކާށިދޫއިން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކ. ކާށިދޫ ކައުންސިލުން އެރަށުން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާށިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާއެއްގެ ތެރެއިންނެވެ. މި މަސައްކަތަކީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ބައެކެވެ.

މި އެއްބަސްވުމުގެ ދަށުން، ކާބޯތަކެތީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި މި ބިން ވުޒާރާއާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ބިން ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ. މިކަމުގެ ސަބަބުން ކާށިދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރެވިގެންދާނެކަމަށެވެ. މީގެ މަޤްސަދަކީ ރަށު ފެންވަރުގައި ވަރުގަދަ ކާބޯތަކެތީގެ ނިޒާމުތަކެއް ޤާއިމުކޮށް، ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި މިކަމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގެ ތަމްރީނާއި، ވަޒީފާ އަދި ވިޔަފާރީގެ ފުރުޞަތުތައް ފަހިވެ، އިޤްތިޞާދީ ބައިވެރިވުން އިތުރުވެގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އަގުހެޔޮ، ޞިއްޙަތަށް ފައިދާހުރި އަދި ތާޒާ ކާބޯތަކެތި ލިބުމުގެ ފުރުޞަތު ފަހިކޮށްދީ، ކެއުމުގެ ރައްކާތެރިކަން އިތުރުކުރެވޭނެއެވެ. ވުޒާރާއިން ބުނެފައިވަނީ ކާށިދޫގެ ޒުވާނުންނާއި، އަންހެނުންނާއި، އަދި ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށެވެ. މީގެ އިތުރުން ކެއުމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާދަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ދާދިފަހުން ކ. ހުރާއިންވެސް މިފަދަ ބިމެއް ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ