Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކާށިދޫ ފަޅުތެރޭގައި ރިސޯޓް ހެދުމާއެކު ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފަށާނެ: ރައީސް މުޢިއްޒު

ad image

ގުޅުންހުރި ލިޔުންތައް

ކ. ކާށިދޫ ފަޅުތެރޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ ރިސޯޓް މަޝްރޫޢު ފެށުމާއެކު، އެ ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފަށާނެކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކާށިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮންނަ ރަށެއްކަމުން، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިއެރުމަށް މި މަޝްރޫޢު ވަރަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ރިސޯޓް ތަރައްޤީކުރާ ފަރާތެއް ހޯދުމަށް ކުރިން ހުޅުވާލުމުން އިންވެސްޓަރެއް ލިބިފައި ނުވާކަމަށާއި، ނަމަވެސް މިހާރު އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކާއެކު އަލުން ހުޅުވާލާފައިވާކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގެ ފަޅުތެރޭގައި ތަރައްޤީކުރާ މި ރިސޯޓާއެކު، ކާށިދޫއަށް ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއްވެސް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މި ރިސޯޓް މަޝްރޫޢުގެ ސަބަބުން ކާށިދޫގެ އާއްމު އިޤްތިޞާދީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ވަޒީފާގެ ފުރުޞަތުތައް އުފެދި، އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދާނެ ކަމަށާއި، ރަށުން ބޭރުގައި ދިރިއުޅޭ ރައްޔިތުން ރަށަށް ބަދަލުވުމަށް ޝައުޤުވެރިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އާރްޓީއެލްގެ ފެރީގެ ޚިދުމަތްވެސް ކާށިދޫއަށް ފެށުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށުގެ ތަރައްޤީގެ އެހެން މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ދަތުރުގައި ފެށި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެކްސްރޭއާއި ސްކޭންގެ ޚިދުމަތްތަކާއި، ކްލިނިކަލް ޖާގަ އަދި ބެޑް ކެޕޭސިޓީ އިތުރުކުރެވޭނެކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން ވަރަށް އަވަހަށް ފިޒިއޯ ތެރަޕީގެ ޚިދުމަތް ފަށާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، ކާށިދޫއަށް ބޭނުންވާ ޒަމާނީ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ކާށިދޫގައި ދަނޑުވެރިކަން ކުރުމަށް 1 ހެކްޓަރުގެ ބިން ހަމަޖައްސާފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ