ހުޅުމާލޭގެ ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓި މަރުވެއްޖެ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ. މި ހާދިސާގައި މަރުވެފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެމީހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:32 ހާއިރު އެވެ. މައުލޫމާތު ލިބުނު ގޮތުގައި އެ މީހާ ވެއްޓިފައި ވަނީ ހިޔާ ޓަވަރު 8 ގެ ފަސް ވަނަ ބުރިންނެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ. ފުލުހުން އިތުރަށް ބުނީ މަރުވި މީހާ އަކީ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާ ހިނގާދިޔަ ގޮތާ ގުޅޭ އިތުރު ތަފްސީލު މި ވަގުތަށް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



