މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން ހައްޖަށްދާ ވަފްދާ ހަވާލުވެގެން ދާނެ ފަރާތެއް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވައެވެ.
2019 ވަނަ އަހަު އަމީރުލްހައްޖުގެ ގޮތުގައި ރާއްޖޭގެ ފަރާތުން ވަޑައިގަތީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ލިބިފައިވަނީ 453 ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއް ވެސް އެއްކޮށް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މި 453 މީހުންގެ ކޯޓާއެއް ރާއްޖެއަށް ދީފައިވާއިރު، އޭގެ ތެރެއިން އާންމުންނަށް ހާއްސަކޮށްފައި ވަނީ 100 ޖާގައެވެ. އަދި އެ 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު ނަގާ ގުރުއަތަކުންނެވެ.