- Advertisement -ad image

މޫސުމް ވަރަށް ގޯސް، ސަމާލުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ މިއަދު ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް 45 މޭލަށް ކޮޅިގަނޑުގައި ވައި ގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުދު ސަމާލު ނުވަތަ އެއަށް ވުރެ މަތީ ސަމާލެއް ނެރެފައި ވަނިކޮށް ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރު (30.5 ފޫޓު) އަށް ވުރެ ކުދި އުޅަނދުތަކުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް މިއަދު އާއްމު ގޮތެއްގައި ވެސް ވައި ޖެހޭނީ 25 މޭލާއި 35 މޭލާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މިދުވަސްވަރަކީ އާއްމު ގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ހުރިހާ ފަރާތްތަކަކުން ވެސް އަދި ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. އަދި ދަތުރުތަކަށް ފެށުމުގެ މޫސުމާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަމްބަރަކީ މެޓް އޮފީހުގެ ނަމްބަރު 3323084 އާއި 3323302 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ