- Advertisement -ad image

ނާޒިމާ ކޮމިޓީގެ މެންބަރު ކަމުގެ އިގުރާރުގައި ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެމްބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފިއެވެ.

އިޤުރާރުގައި ސޮއިކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައިއެވެ.
މި ދާއިރާއަށް ފާތިމަތް ނާޒިމާ އިންތިޚާބުކޮށްފައި މިވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި އެދާއިރާ ތަމްސީލުކުރެއްވި އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.

މާލެ ސިޓީ އ.ތ.މ ކޮމެޓީގެ އައު މެމްބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ފާތިމަތް ނާޒިމާ ވިލިމާލެ ދާއިރާގެ އ.ތ.މ ކޮމެޓީގެ މެމްބަރުކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ