Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރަސްމާލެއިން 15،000 ބިން ދޫކުރުމުގެ އުސޫލު އަންނަ ހަފްތާގައި އިއުލާނުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ފަށާފައިވާ ބިޔަ މަޝްރޫޢު، ރަސްމާލޭގެ މަސައްކަތް ނިންމުމަށްޓަކައި މުހިންމު މަރުޙަލާ ހަމައަކަށް ގޮސްފައިވާއިރު، އެ ރަށުން ދޫކުރާ 15،000 ބިމުގެ އުސޫލު އަންނަ ހަފްތާގައި އިއުލާނުކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ރާއްޖޭގެ ތާރީޚުގައި ވެސް ބޭއްވުނު އެންމެ ބޮޑު ޢާންމު ބައްދަލުވުން ކަމަށްވާ ‘ދިވެހީންގެ ރާއްޖެ’ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރަސްމާލޭ ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި، އަންނަ މަހު އިތުރު ޑްރެޖަރުތައް އައުމާއެކު މިހާރުގެ މަސައްކަތުގެ ބާރުމިން ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން، 1،100 ހެކްޓަރުގެ މި ބިޔަ ރަށް ހުޅުމާލޭ ފޭސް އެކެއް އާއި ދޭއް ގުޅުވައިލުމުން ވެސް ދެގުނަ ބޮޑު މި ރަށް ފަސް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، 15،000 ބިން ދޫކުރުމުގެ ސިޔާސަތު އަންނަ ހަފްތާގައި އާންމުކުރައްވާނެ ކަމަށާއި، ބިމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ގާތްގަނޑަކަށް އެއް މަސް ފަހުން ހުޅުވައިލައްވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ބިންތައް ހުޅުވައިލެވިފައިވަނީ މާލޭގެ އެކި ކެޓަގަރީތަކުގެ ރައްޔިތުންނާއި، އެހެން ރަށްރަށުން އައިސް މާލޭގައި ދިގު މުއްދަތަށް ދިރިއުޅެފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. އަދި ހިއްކުމުގެ މަސައްކަތް ނިމޭއިރު ބިން ލިބޭ ފަރާތްތަކުގެ ލިސްޓު ވެސް ނިމިފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަކީ ރާއްޖޭގެ، ޚާއްޞަކޮށް މާލެ ސިޓީއާއި އާބާދީ ބޮޑު ރަށްރަށުގެ އެންމެ ބޮޑު ތަރައްޤީގެ ގޮންޖެހުން ކަމަށާއި، މި މައްސަލަ ހައްލުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ކެމްޕޭނު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ރަސްމާލޭގެ އިތުރުން، އެހެން ރަށްރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ 13 ރަށެއްގައި 825 ފްލެޓު އެޅުމުގެ ކޮންޓްރެކްޓް ދެވިފައިވާ ކަމަށާއި، މި މަސައްކަތްތައް މި އަހަރު ތެރޭގައި ފަށާނެ ކަމަށެވެ. އަދި އިތުރު 16 ރަށެއްގައި 1،100 ހައުސިންގ ޔުނިޓު އެޅުމަށް ޤައުމީ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މާލެ ސިޓީގައި ވެސް 3،000 ހައުސިންގ ޔުނިޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް، އިތުރު 4،000 ޔުނިޓު އެޅުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ‘ގުޅިފަޅު’ އަދި ‘ހުޅުމާލެ’ އިން ދޫކުރި ބިންތައް ވެސް ހަވާލުކޮށްފައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބުނު ފަރާތްތަކަށް ޢިމާރާތްތައް ނިމުމުން މިހާރު ވެސް ވަދެ ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ބިން ނުވަތަ ފްލެޓު ލިބޭނެކަމުގެ ޔަޤީންކަން ދީފައިވާ ހުރިހާ ފަރާތްތަކަށް ވެސް، ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް، އެކަން ހާސިލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުވާފައިވެއެވެ.

ގިރާވަރު ފަޅުގެ ބިންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ އެ ބިންތައް ދޫކޮށްފައިވަނީ ނުހިއްކާ ހުރި ކަނޑުން ކަމަށެވެ. މިހާރު އެ ފަޅު ހިއްކުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވާއިރު، މި މަހު 23 ވަނަ ދުވަހު ޑްރެޖަރެއް އައިސް އެ މަސައްކަތް ފަށާނެ ކަމަށާއި، ހިއްކައި ނިމުމާއެކު ގިރާވަރު ފަޅުގެ ބިންތައް ވެސް ހަވާލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ