50 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ފަށައިފިއެވެ.
މި މަހު 11 ވަނަ ދުވަހު ށ. ފުނަދޫގައި ފެށި މި ކޯހަކީ އަޕަރ ނޯތު ޕޮލިހާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯހުގައި 22 ފުލުހުން ބައިވެރިވިއެވެ. އެއީ 20 ފިރިހެން ފުލުހަކާއި ދެ އަންހެން ފުލުހުންނެވެ.
ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހަކީ، ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު ބޭނުންކުރުމަށް ތަމްރީނުދޭނެއެވެ. އަދި ކޯހުގެ ތެރެއިން ކިޔަވައިދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒް ކުރިއަށް ގެންދާނެއެވެ ކަމަށް ފުލުހުން ހާމަކުރެއެވެ.



