- Advertisement -ad image

ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގެއްލިގެން ހޯދަމުންދިޔަ “މާކޯނި” ދޯނި ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ މި ދޯނި ފެނުނީ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ޅ.އޮޅުވެލިފުށިން 1 ނޯޓިކަލް މޭލު ބޭރުން މިއަދު 09:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ކަމަށެވެ.

ސަފާރީއެއްގެ ކަފުގައި އޮތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފައިވަނީ މިއަދު ހެދުނުއެވެ. އެގޮތުން މާލެއިން ފުރައިގެން ނ.ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ “މާކޯނި” ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ ދޯންޏެއް ކަނޑައިގެންގޮސް ގެއްލިފައިވާތީ، ދޯނި ހޯދުމުގެ މަސައްކަތް، ކުރީ އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއާއި ދޯނީގެ ވެރިފަރާތުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ