- Advertisement -ad image

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ” ރީސައިކަލް” ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހުގައި ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ކަމެއް ކުރުމަށް ހަވާލުކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލު ކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

މޭޔަރު މިގޮތަށް ވިދާޅުވެފައި މިވަނީ މިއަދުން ފެށިގެން ކުނި ނެރެންޖެހޭނީ ތިން ބަޔަކަަށް ބަހައިގެން ކަމަށް ވެމްކޯއިން ހާމަކޮށްފައިވާތީއެވެ. ވެމްކޯއިން ބުނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަންވާނީ މާލެ ސަރަހައްދުގައި ކުނިވާޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާޒާތުގެ ކުނި އަދި ޕުލާސްޓިކް ފުޅި މިބާވަތްތައް ބަންދުކުރުމުގާ އެއްކުނީގެ ބާވަތް އަނެއް ކުންޏާއި އެއްނުވާނެހެން ވަކިކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ