ގދ. ތިނަދޫގައި ހަށިވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ އެ ރަށުގެ ގެއެއްގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހުގެ ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނުގައި އެ ގެ ބަލައި ފާސްކުރި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފިރިހެންމީހާގެ އުމުރަކީ 52 އެވެ. ތައިލެންޑުގެ އަންހެންމީހާގެ އުމުރަކީ 39 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުން އަތުލައިގަތީ ބަދުއަޚުލާގީ އަމަލު ހިންގަން ތިއްބާ ކުށުގެ ވެށިންނެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފިރިހެންމީހާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް ތަހުގީގުގެ ބޭނުމަށް އަންހެންމީހާ ހަތަރު ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ.



