- Advertisement -ad image

ސައްހަނޫން ކޮންމެ ފޯމަކަށް ޕާޓީ، 10 ހާސް ރުފިޔާ އިން ޖުރުމަނާ ކުރަން އީސީން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އެޕްރީލް އެކަކުން ފެށިގެން ކޮންމެ ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10 ހާސް ރުފިޔާއިން ޖުރުމަނާ ކުރުމަށް އިލެކްޝަނުން ނިންމައިފިއެވެ. އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10 ހާސް ރުފިޔާ، ރަޖިސްޓްރާ 5 ހާސް ރުފިޔާ ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާ އިން ޖުރުމަނާ ކުރާ ގޮތަށް މިއަދު އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ސައްހަ ނޫން ފޯމް ހުށަހެޅުން ހުއްޓުވުމަށްޓަކައި މިއަދު ގެނައި ބަދަލުން އެކަށީގެންވާ ހައްލު ނުލިބޭނަމަ ފޯމްގައި ސޮއިކުރާ ކޮންމެ ހެކިވެރިއަކުވެސް 5 ހާސް ރުފިޔާއިން 1 އޮކުޓޫބަރުން ފެށިގެން ޖުރުމަނާ ކުރާގޮތަށްވެސް މިއަދު އެކޮމިޝަނުން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ފަހަކަށް އައިސް މީހާ އަށް ނޭންގި ޕާޓީ ބަދަލުކޮށްފައިވާ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. ހާއްސަކޮށް ހައްޖަށްދާން ފޯމްފުރި ބައެއް މީހުބް އަދާލަތު ޕާޓީގެ ދަފުތަރުގައި ޖެހިފައުވާ ކަމުގެ ޝަކުވާތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ