Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޝަރީއަތް ނިމެންދެން ބަންދުގައި 347 މީހުން އެބަތިބި، ގިނައީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޝަރީއަތް ނިމެންދެން ބަންދުގައި މިވަގުތު ތިބި 347 މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މާފަންނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި، ވާނުވާ ބަންދާ ގުޅޭގޮތުން އާއްމު ރައްޔިތަކު ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި މީހުންގެ މައްސަލަތައް ރަނގަޅަށް ބެލުމެއްނެތި ދޫކޮށްލުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫނެވެ.

ރައީސް ވިދާޅުވީ، މީގެކުރިން ވާނުވާ ބަންދުގެ މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްތަކެއް ވަންދެން ދިގުލާފައި އޮތީ، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ހަމަނުޖެހި، މައްސަލަތައް ފުނިޖެހިފައި އޮތުމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން މި ދެ ކޯޓު ހިންގާނެ ތަންތަން ހަމަޖައްސައިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ޝަރީއަތް ހިނގާނެގޮތް ނޭނގި ވާނުވާގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ބެލި، ޝަރީއަތް ކުރެވޭނެ ދުވަސްތައް ކަނޑައެޅިގެން ދިއުމުގެ މަގު ފަހިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ހާމަކުރެއްވި ތަފްސީލުތަކަށް ބަލާއިރު، މިވަގުތު ޝަރީއަތް ނިންމަންޖެހޭ 347 މީހުންގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތިބި 117 މީހުންނާއި، ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ތިބި 116 މީހުންނެވެ. މީގެ އިތުރުން މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި 70 މީހުން ތިބިއިރު، މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި 29 މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުން ވެސް ވާނުވާ ބަންދުގައި އެބަތިއްބެވެ. އަދި މަނީ ލޯންޑްރިން، ވައްކަން، ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން އަދި ސްމަގްލް ކުރުން ފަދަ އެހެނިހެން ބޮޑެތި މައްސަލަތަކުގެ ތުހުމަތުގައި ތިބި މީހުން ވެސް މި އަދަދުގެ ތެރޭގައި ހިމެނެއެވެ.

ރައީސް ވިދާޅުވީ، ކުރިން ކޯޓުތަކުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން ނުބެލިފައި ހުރި މައްސަލަތައް މިހާރު ހައްލުކުރެވި، ވާނުވާގެ ގޮތުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޖުޑިޝަރީ މިނިވަންކޮށް، މިހާރު ގެނެވޭ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

މިފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިންމައި، ޢަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ޙައްލެއް ލިބިގެން ދިއުމަކީ ރައްޔިތުންގެ ވެސް އެދުމެއްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ މަޤްޞަދަކީ ޢަދުލުގެ ނިޒާމުގެ ހަލުވިކަން އިތުރުކޮށް، ޝަރީއަތުގެ މަޖިލިސްތައް އަވަސްކުރުން ކަމަށެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ