ކ ގުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި ފަތުރުވެރިއަކު ގައިން މަންކީޕޮކްސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ބެލިއިރު އެއީ މަންކީޕޮކްސް ނޫން ކަން ކަށަވަރުވެފައިވާ ކަމަށް އެ މަރުކަޒުން ބުނެފިއެވެ.
އެ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަމުގެ މައުލޫމާތު ވަގުތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަށް ހިއްސާ ކުރި ކަމަށާއި މި ކޭސް ބެލުމަށްފަހު މިއީ މަންކީޕޮކްސްގެ ކޭސްއެއް ނޫންކަން އަންގާފައިވާ ކަމަށެވެ. އަދި ރަށުގެ ސިއްހީ ކަންކަމާއިގުޅޭ އެންމެ ފަހުފެ މައުލޫމާތު ސިއްހީމަރުކަޒުން ރައްޔިތުންނަށް އަބަދުވެސް ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އާއްމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް މިފަދަ ވާހަކަތައް ނުފެތުރުމަށް ވެސް ގުރައިދޫ ސިްހީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.