Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވަކި ދާއިރާތަކަށް ކޯޓާ ދޫކުރުން ހުއްޓާލަނީ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ނަރުހުންނާއި ޓީޗަރުންނާއި ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން ހުއްޓުވުމަށް ނިންމައިފި އެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ގެޒެޓުގައި އާންމުކުރި މި އިސްލާހުގެ އެންމެ ބޮޑު މަގްސަދަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމެވެ. މި ބަދަލުތަކުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ވަކި ދާއިރާތަކަށް ބިދޭސީންނަށް ވަޒީފާ ނުދެވޭނެ ގޮތަށް ހަމަޖައްސައި، މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަނީ ނިންމާފަ އެވެ.

ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން، ނޮން-ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ބިދޭސީންގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކިލްޑް) ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވޯކް ޕާމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށް ހަމަޖައްސާފައިވެ އެވެ. ކުރިން މިފަދަ ހާލަތްތަކުގައި ވޯކް ޕާމިޓް ދޫކުރެވެނީ އެންމެ ފަސް އަހަރު ދުވަހަށެވެ. މީގެ އިތުރުން، ވަޒީފާ ދޭ ފަރާތް ބަދަލުކުރެވޭނެ ގޮތްތަކާއި ވޯކް ޕާމިޓާ ގުޅޭ އިތުރު ބަދަލުތަކެއް ވެސް މި އިސްލާހުގައި ހިމެނެ އެވެ.

ބިދޭސީންނަށް ވަޒީފާ ނުދެވޭނެ ދާއިރާތަކުގެ ތެރެއިން، ބައެއް މަގާމުތަކަށް ދެ އަހަރު ފަހުން ކޯޓާ ދޫކުރުން ނިމުމަކަށް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ހެއާ ޑްރެސަރުންނާއި ބިއުޓީޝަނުންނާއި ކުޑަކުދިން ބަލަހައްޓާ މީހުންނާއި ޕާސަނަލް ޓްރެއިނަރުންނާއި ކަރަންޓު މަސައްކަތްކުރާ މީހުންނާއި އިނގިރޭސި ބަސް ދަންނަ ގެސްޓު ރިލޭޝަންސް އޮފިސަރުންނާއި ޓުއާ ގައިޑުންނާއި އެކައުންޓަންޓުންނާއި އިމާމުންގެ މަގާމުތަކަށް ދެ އަހަރު ފަހުން ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެނެސް، މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ތިން އަހަރުގެ މުއްދަތެއް ފަހުން ކޯޓާ ދޫކުރުން ހުއްޓާލަން ޖެހޭ މަގާމުތަކުގެ ތެރޭގައި ޑައިވަރުންނާއި ނަރުހުންނާއި އިމާރާތްތައް ބަލައި ސާވޭކުރާ މީހުންނާއި ސައިޓް ސުޕަވައިޒަރުންނާއި ޕައިލަޓުންނާއި ފޮޓޯގްރާފަރުންގެ މަގާމުތައް ހިމެނެ އެވެ. އަދި އިންޖިނޭރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ މަގާމުތަކަށް ހަތަރު އަހަރު ފަހުން ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އެންމެ ދިގު މުއްދަތެއް ކަމަށްވާ ފަސް އަހަރު ފަހުން ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭ މަގާމުތަކުގެ ތެރޭގައި ހައުސްކީޕިން މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި ފްރަންޓް އޮފީސް މެނޭޖަރުންނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ މަގާމުތައް ހިމެނެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ