- Advertisement -ad image

އަގުބޮޑުކޮށް ހައްޖަށް ގެންދަނީ އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި: ހައްޖު ކޯޕަރޭޝަން

ad image

ގުޅުންހުރި ލިޔުންތައް

ހައްޖަށް މީހުން ގެންދިއުމަށް ނަގާ އަގު ބޮޑު ނުކުރާ ކަމަށާއި މިހާރު ބޮޑު އަގު ނަގާކަން ހާމަކޮށްފައިވަނީ އާއްމުންނަށް ހުޅުވާލި 100 ކޯޓާގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ހައްޖުކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ (1443ހ.) ޙައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކަނޑަޅާފައިވާ އަގަކީ ކުރީއަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގު ކަމުގައިވާ  69,965.00(ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) ކަމަށެވެ.

އަދި މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފައި ކަމަށެވެ. އެގޮތުން މި 100 ކޯޓާއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ