Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޤައުމެއް ކުރިއެރުވުމަށް އަޚުލާޤު ރަނގަޅު ބަޔަކަށް ވާންޖެހޭ: ރައީސް މުޢިއްޒު

ad image

ގުޅުންހުރި ލިޔުންތައް

ޤައުމެއް ކުރިއަރައި ދިޔުމުގައި އެ ޤައުމެއްގެ ރައްޔިތުން އަޚުލާޤު ރަނގަޅު ބަޔަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ސަލާޙުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެކެވެ. އަދި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ، ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިން ކަމަށާއި، ޤައުމެއް ކުރިއަރައި ދިޔުމަށްޓަކައި އެ ބައެއްގެ ސަގާފަތް އިސްލާޙުވާން ޖެހޭނެ ކަމަށެވެ. ދިވެހި ބަހާއި ސަގާފަތުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހީން ދިވެހީންނަށް ވެފައި ވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި، ދިވެހިބަސް އެއް ޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފައްދައި، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް ވެސް އުފައްދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާކަން ފާހަގަކުރައްވައި، ދިވެހި ބަހުގެ ތަރައްޤީއަށް އިތުރު މަސައްކަތްތައް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަން އިޢުލާނު ކުރައްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ