ކުނި މެނޭޖު ކުރުމަކީ އުދަނގޫ ބޮޑުނަމަވެސް ކުރަންޖެހޭ ކަމެކެވެ. ހާއްސަގޮތެއްގައި ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް އަދި ދަޅު ވަކި ކުރަންޖެހެއެވެ. ކުނިވާ ޒާތުގެ ކުނި ނައްތާލުމަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހުނަސް ޕްލާސްޓިކް އަދި ދަޚު ނެތިގެންދާން އެތައް އަހަރެއް ނަގައެވެ. ޕްލާސްޓިކް ފުޅި ރިސައިކަލް ކުރުމުގެ އިތުރަށް އަންނައުނު ހެދުމަށްވެސް މިހާރު ބޭނުންކުރެއެވެ.
ރާއްޖޭގައި ކުނި މެނޭޖު ކުރުން މި އޮންނަނީ ބޮޑު ގޮންޖެހުމަކަށް ވެފައި ނަމަވެސް މަޑުމަޑުން މިކަން ހައްލުވާތަންވެސް ދަނީ ފެންނަމުންނެވެ. މާލެ ސަރަހައްދުގައި ކުނި ވަކިކޮށްގެން ނެރުމަށް ގޭބިސީތަކަށް އަންގާފައިވަނީ އިއްޔެއިން ފެށިގެންނެވެ. މާނައަކީ ޖޫންމަހުގެ އެކަކުން ފެށިގެންނެވެ. ނަމަވެސް ވެމްކޯގެ މި ނިންމުންވީ މާގިނަ ބަޔަކަށް ކަމުދިތަ ނިންމުމަކަށް ނޫނެވެ. ސަބަބުތައްވެސް ވަރަށް ގިނަ އެވެ. މާލޭގައި އުޅެންޖެހިފައިވާ ކުދި ތަންތަންކޮޅުގައި ތިން ވައްތަރުފެ ކުނި އަޅަން ބާލިދީ ބަހައްޓައިގެން އުޅޭނީ ކިހިނެތް ހެއްޔެވެ. އެކަމަކުވެސް ދަންނަވަންތޯއެ. މިއީ ވަރަށް މުހިންމު ބޭނުންތެރި ކަމެކެވެ.
ވެމްކޯގެ މި ނިންމުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ބައެއް ހިޔާލުތަކަށް ބަލާލާނަމެވެ.
ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރަން އަމާޒު ހިފާފައިވާއިރު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން ގުޅިފައިވަނީ މިހާރު ގެއަކުން ތިން ކޮތަޅު ނެރެން ޖެހުމެވެ.
ރަށްރަށުގައި ކުނި މެނޭޖު ކުރާ ގޮތަށް ބަލާއިރު ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން މިކަން މިގޮތަށް ކުރަމުން އަންނަތާ އެތައް ޒަމާނެއް ވަނީވެފައެވެ. ނަތީޖާއެއްގެ ގޮތުން ކުނި ގޮނޑުގައި ކުނި އެޅުމަށް ސަރަހައްދުތައްވެސް އޮންނަނީ ބަހާފައެވެ. މި ކަންކަމުގެ ސަބަބުން އެތައް ކަމެއް އެތައް ގޮތަކުން އޮންނަނީ ފަސޭހަވެފައެވެ. އެހެންވީމާ މާލޭގައިވެސް މިކަން ކުރަންފަށާ ދުވަސްކޮޅެއް ވުމުން އޯކޭ ވާނެއެވެ. ކޮންމެ ކަމެއްވެސް ކުރަން ފަށާއިރު ފާޑު ކިޔުން އަމާޒުވާނެއެވެ. އެކަމަކު އެކަމަށް ހޭނުމުން ދެން ކުރީގެ މަތިން ހަދާންވެސް ނުހުރެއެވެ.