އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ޕްރައިމަރީ ފަށައިފިއެވެ.
މި ޕްރައިމަރީގެ ވޯޓުލުން ހެނދުނު 9:00 ގައި ފެށި ޕްރައިމަރީ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އަދި އެ ޕާޓީން 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ޕީއެންސީން މީގެ ކުރިން ބުނެފައިވެއެވެ.
ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކާއި ޕާޓީގެ މެންބަރުންގެ ލިސްޓު ޕާޓީ ޕޯޓަލްއިން، ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ވަނީ ހަދައިފައެވެ.
ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހަޅަން އެދިގަ އެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 68،665އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ.



