އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ.
ޙައްވާ ރާއިދާ މުނީރު ހޯދަމުންދަނީ 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް 2026 ޖެނުއަރީ 08 ވަނަ ދުވަހުގެ 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އެހެންކަމުން ޙައްވާ ރާއިދާ މުނީރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެމެވެ.



