Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސަރުކާރުގެ ‘ބޯހިޔާވަހިކަން އެންމެންނަށް’ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ‘ބޯހިޔާވަހިކަން އެންމެންނަށް’ ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ޖެހޭނީ ސަރުކާރުގެ ‘ބޯހިޔާވަހިކަން’ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ފުރުސަތުގެ ދަށުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓު ދޫކުރުމަށް ވަނީ ނިންމާފައެވެ. ގޯއްޗަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ 4 މާޗު ކަމަށްވާއިރު، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 17 އޭޕްރީލްގެ ނިޔަލަށް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގޯތި ދޫކުރުމުގެ ތަފްސީލު

މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރާ 1,250 އަކަފޫޓުގެ 15,000 ގޯތި ބަހާލާފައިވާ ގޮތަކީ:

  • މާލޭ ރަށްވެހިންނަށް: 10,000 ގޯތި
  • މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް: 3,000 ގޯތި
  • މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް: 500 ގޯތި
  • މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ބިން ތަރައްގީ ކުރަން ދަތިވާ ފަރާތްތަކަށް: 1,500 ގޯތި
ފްލެޓު ދޫކުރުމުގެ ތަފްސީލު

ޖުމްލަ 7,900 ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ދާއިރާތަކާއި ގިންތިތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މާލޭ ރަށްވެހިންނަށް 4,000 ފްލެޓު އަދި މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައިނުވާ މީހުންނަށް 1,500 ފްލެޓު ހިމެނެއެވެ. މީގެ އިތުރުން އެކަނިވެރި މައިންބަފައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަލަތު ކައިވެނިކުރާ ޒުވާނުންނަށްވެސް ވަކި އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

ހާއްސަ ދާއިރާތަކުގެ ތެރެއިން ޓެކްސީ ޑްރައިވަރުން، ފަތުރުވެރިކަމުގެ ދާއިރާ، ޖުޑިޝަރީ، މަސްވެރިން، ފުލުހުން، ސިފައިން އަދި ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ފްލެޓުތައް ވަނީ ހާއްސަކުރެވިފައެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށް ޖުމްލަ 400 ފްލެޓު ހާއްސަކޮށްފައިވެއެވެ.

މި މަޝްރޫއަކީ މާލޭގައި ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތް ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށާއި، މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ