Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ގިރާވަޅު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން، އާ ޕްލޮޓްތައް ކަނޑައެޅުމަށް ގުރު ނަގަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ގިރާވަޅު ފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާތީ، އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް އާ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި ގުރު ނެގުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފިއެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މަސައްކަތަކީ، ކުރީ ސަރުކާރުގެ “ބިންވެރިޔާ” ސްކީމުގެ ދަށުން ގިރާވަޅު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހައުސިން މިނިސްޓްރީން ބުނީ، މިއަދު ގުރު ނަގަނީ އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް، ގޯތިތަކުގެ ޕްލޮޓްތަކަށް ބަދަލު އައިސްފައިވާތީ އެވެ. ގުރު ނަގާ ހޯލަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް އެކަކަށް ކަމަށާއި، ޕްލޮޓް އެލޮކޭޓް ކުރެވުމާއެކު އެ ފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް މެދުވެރިކޮށް ވަގުތުން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގިރާވަޅު ފަޅުން ދޫކުރާ ގޯތިތަކުގެ ތަފުސީލު:

  • 1250 އަކަފޫޓުގެ 2605 ގޯތި
  • 1650 އަކަފޫޓުގެ 1213 ގޯތި
  • 2050 އަކަފޫޓުގެ 253 ގޯތި
  • 2450 އަކަފޫޓުގެ 1 ގޯތި

ކުރީގެ ސަރުކާރުން ގިރާވަޅު ފަޅުން 2,000 ގޯތި ދޫކުރަން ނިންމި ނަމަވެސް، އެ ސަރަހައްދުން އެ އަދަދަށް ގޯތި ނުނެގޭތީ ބާކީ ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ގުޅީފަޅަށް ގޯތި ބަދަލުކުރަން 2,210 މީހުން އެދިފައިވާއިރު، އެ މީހުންގެ މެދުގައި މިދިޔަ ޖޫން މަހު ވަނީ ގުރު ނަގާފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ގުރު ނެގުން ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ. އަދި ގިރާވަޅު ފަޅުގެ ބިން ހިއްކާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފަށާނެއެވެ. ގިރާވަޅު ފަޅު ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްދާއިރު، އިއްޔެ ވަނީ އެ މަސައްކަތް އަލުން ފަށާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ގިރާވަޅު ފަޅުން ޖުމލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 50 އަށްވުރެ ގިނަ ހެކްޓަރު ވަނީ ހިއްކާ ނިމިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން މަސް ތެރޭގައި ގިރާވަޅު ފަޅު ހިއްކައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ