- Advertisement -ad image

ފައިޒާ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒު އެމެރިކާއިން ރާއްޖެއަށް ދީފި

ad image

ގުޅުންހުރި ލިޔުންތައް

ފައިޒާ ވެކްސިންގެ އިތުރު 100،620 ޑޯޒު އެމެރިކާއިން ރާއްޖެއަށް ދީފިއެވެ. ކޮވެކޮސް ފެސިލިޓީ މެދުވެރިކޮށް މިވެކްސިން ރާއްޖެއަށް ހަދިޔާކުރިއިރު މިއީ ކޮވިޑް19 އާއި ގުޅިގެން ވެކްސިން ދުނިޔެއަށް ފޯރުކޮށްދިނުމަށް ހަދާފައިވާ ފެސިލިޓީއެކެވެ.

އެމެރިކާ އެމްބަސީ މިޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެކްސިންގެ އިތުރުންވެސް ޔޫއެސް އެއިޑް މެދުވެރިކޮށް ސިއްހީ ދާއިރާގެ އެކި ކަންކަމަށް ރާއްޖެއަށް އަބަދުވެސް ދަނީ އެހީ ފޯރުކޮށްދެމުން ކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކަށް އެމެރިކާއިން ދަނީ ވެކްސިން ހަދިޔާކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ 439،920 ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ