- Advertisement -ad image

މަސްދަޅު އަގުބޮޑުކޮށް ވިއްކުން ހުއްޓާލަންޖެހޭ: ސައީދު

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް މަސްދަޅު އަގުބޮޑުކޮށް ވިއްކުން ސަރުކާރުންހުއްޓާލަންޖެހޭ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިފްކޯއިން ވިއްކާ ދަޅު މަހުގެ އަގު ބޮޑުކޮށް އަދި މާންދޫ ވިއްކާ ދަޅުމަހުގެ އަގު މިއަދު ބޮޑުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސައީދު ވިިދާޅުވ މިހާލަތުގައި، އިމްޕޯޓުކޮށްވިއްކާ ބާވަތްތަކާއި އެއްހަމައެއްގައި ސަރުކާރުން ސަބުސިޑައިޒްކުރާ ބާވަތްތައް ހިމެނުންދެކޮޅުނުޖެހޭ ކަމަށެވެ.

އަދި ސަބްސިޑައިޒްކުރަނީ ރައްޔިތުންގެ ޓެކްސްފައިސާއިން ހިތުހުރިވަރަކަށް ކަމަށަވެސް ސައީދު ވިދާޅުވިއެވެ. މިފްކޯއިން ވަނީ އެ ކުންފުނިން ވިއްކަަ ދަޅު މަސް ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައެވެ. އަގު ބޮޑުކޮށް މަސްދަޅު ވިއްކަން ފެށީ މިމަހުގެ އެކަކުން ފެށިގެންނެވެ.

ހޮރައިޒަން ފިޝަރީޒް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކުންފުނީގެ އުފެއްދުމެއް ކަމަށްވާ “މާންދޫ މަސް” ތައްޔާރުކުރުމަށް ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ތަކެތީގެ ތެރެއިން މަސް ދަޅަށް އަޅާ ތެލުގެ އަގުތައް އުފުލިފައިވާތީ މިއަދުން ފެށިގެން އަގުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރިން 10ރ. އަށް ވިއްކި 100 ގްރާމް ތެޔޮ މަސް ދަޅެއްގެ އަގު މިހާރު ވިއްކަން ހަމަޖެހިފައިވަނީ 12ރ. އަށެވެ. އަދި ކުރިން ހޯލް ސޭލްކޮށް 320 ރުފިޔާ އަށް ވިއްކަމުންދިޔަ ތެޔޮ މަސް ދަޅު ކޭހެއް މިހާރު ވިއްކަން ހަމަޖެހިފައިވަނީ 400ރ. އަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ