2021 އަދި 2022 ވަނަ އަހަރު ދަރަނި އަދާކުރަން ދަތިވާނެކަން ކުރިންވެސް ވިދަަޅުވި ކަމަށާއި އަދިވެސް ދަރަނި އަދާކުރަން ސަރުކާރުން މަސައްކަތްކުރާ ގޮތް މަޖިލިސް މެންބަރުންނަށް ސާފުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގައި ރާއްޖޭގެ ދަރަނި ރިސްޓްރަކްޗާކުރުމުގެ މުހިއްމުކަމުގެ ވާހަކަ އޭރު ދެއްކެވީ، އެކަން ނުކޮށް ބޮންޑު އިޝޫކުރާނަމަ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުމާއި ތަކުލީފު އުފުލަންޖެހޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.
އެގޮތުން ދަރަނި އޮތް މިންވަރާއި ދަރަނި އަދާކުރުމަށް ފައިސާ ހޯދާނެ ގޮތްތައް މަޖިލީހަށް ސާފުނުވާ ކަމަށްވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމަކީވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެނގެން ޖެހޭ ކަންކަން ކަމަށާއި ދައުލަތު ރިޒާވު ނުރައްކާވާ މިންވަރަށް ދަށަށް ދިއުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ނަޝީދު ވިދާޚުވެފައިވެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވި ނަމަވެސް ރައީސުލްޖުމުހޫރިއްޔާ އަދި ފިނޭންސް މިނިސްޓަރުވެސް ވިދާޅުވަމުންދަނީ ރިޒާރވްގައި ފައިސާ އެބަހުރި ކަމަށާއި ދަރަނިވެސް އަދާ ކުރެވޭނެ ކަމަށެވެ.
ބަލަގަ އަޅުގަނޑުމެން ކަންބޮޑެއްނުވޭ!
މަނިކުފާނު ތިހުރީލަންކާގެ ދަރަނި އަދާކޮށްދެން ގޮހެއްނު!
ވީމާމިތަނަށްވެސް އެކަން ކުރާނެއްނު!
އަދި މަނިކުފާނުގެ ބުއި ދައުރުގަވެސް އެއްބައި ދަރުވާލެއްވިތާ!
ނިކަން ފަހިކޮށް މިޤަވްމު ހިނގަ ހިނގާ އޮށްވާ
ރައްޔިތު މީހާގެ ޖީބަށް ބެންކު ތަށްވައްދާ ޑޮލަރުތަށް ބާރުބާރަށް ދުވަންފެށީމަ
ކޮންމެޑޮލަރެއް ގެފަހަތު ފުލުހަކު ބަގައްޓާ .މަސްފެކްޓްރީ ހަދާ
ހަރާމް ވީހާވައްތަރެއްގެ ޓެކުސްތަށްނަގާ ގިނަބައި މަނިކުފާނާއިޕާޓީ ކުދިންގެ ޖީބަށް އޮހޭ ފެންހެން ހައްދަވާ މުޅިޤަވްމު އޮޅުން ބޮޅުންކޮށްލަދެއްވީމެއްނޫންތޯ!
އެކަމަށްޓަކާ މަނިކުފާނަށާ އެއްގަލުންފެހި ކައިގެންއުޅޭ ހުރިހާލަނޑާ ތަކަށް
ޝުކުރު ދަންންނަވަން!