Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ގިނަގިނައިން އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި އިގްތިސާދަށް ނޭދެވޭ އަސަރު ކުރޭ: އޭޖީ އުޝާމް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ގިނަގިނައިން އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން އުފެދި، ގައުމުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންކަމަށް ޕީއެސްއެމްގެ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

“ރާއްޖެ މިއަދު” ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ފުރަތަމަ ބަލަނީ ސިޔާސީ ހަމަޖެހުމަށް ކަމަށެވެ. ނަމަވެސް، އަބަދު އިންތިޚާބުތަކެއްގެ ތެރޭގައި އުޅެންޖެހުމުން މި ގޮންޖެހުންތައް ކުރިމަތިވާކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި އާންމުގޮތެއްގައި ރިޔާސީ އިންތިޚާބަށްފަހު ހަ މަސްދުވަސް ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން ޖެހުމުން، ސަރުކާރު ހިންގުމަށް ސަމާލުކަން ދިނުމަށް އޮންނަ ފުރުސަތު ހަނިވާކަމަށް އުޝާމް ވިދާޅުވިއެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ރައީސް ތަސްދީގުކުރެއްވި ބިލު އުޝާމް ތަފްސީލުކޮށްދެއްވިއެވެ. މި އިސްލާހުގެ ދަށުން، މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ޑިސެމްބަރު 1 ކަމުގައި ކަނޑައެޅިގެންދާނެއެވެ. މިއާއެކު، ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން އާ މަޖިލިސް ހުވާކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އުޝާމް ފާހަގަކުރެއްވިއެވެ.

“މި ބަދަލަކީ ދިރާސާތަކާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް، ވޭތުވެދިޔަ 15 އަހަރު ތެރޭގައި ފެނިފައިވާ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ގެނެވޭ ބަދަލެއް،” އޭނާ އިތުރަށް ވިދާޅުވިއެވެ.

އަދި މި ބިލަކީ މަޖިލީހުގައި ފުޅާދާއިރާއެއްގައި ބަހުސްކުރެވި، ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދެވިގެން ކުރިއަށްދާ މަސައްކަތެއްކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުން މި ބިލު ފާސްކުރުމަށްފަހުވެސް، އާންމުން ހޭލުންތެރިކުރުވުމަށާއި މަޝްވަރާކުރުމަށް 45 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

“ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު މީގެ ރަނގަޅު ނުބައި ރައްޔިތުންނަށް ސާފުކޮށްދީފިނަމަ، އެ ފަރާތްތަކުގެ ޒިންމާ އަދާކުރެވުނީ،” އޭޕްރީލް 4 ގެ ސުންގަޑީގެ ކުރިން ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ބާރުއަޅުއްވަމުން އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ