ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ، ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި ކަމަށެވެ. އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި މިވަގުތަށް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައިވެއެވެ.
މި ގެއަކީ 2 ފަންގިފިލާއަށް ޑެކް އަޅައިގެން ފިލާ ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގެ ބޭނުންކުރަމުން ދިޔައީ، ބައެއް މުދާ ގުދަން ކުރުމަށެވެ. މި އިމާރާތަކީ އެއްވެސް ފަރާތަކުން ދިރިއުޅެމުން ނުދާ އިމާރާތެއް ކަމަށް، ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާތީ ގެ ތަޅާލުމަށް ގެ ހުސް ކުރަމުންދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.



