ޕްރައިމް ގޯޑައުން 1 ގައި ރޯވެ އަދަމުންދާތީ، އަލިފާން ނިއްވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ޕްރައިމް ކިޔާ ގުދަނެއްގައެވެ. މިއީ ޠައިބާ މިސްކިތް ކައިރީ ހުންނަ އިލެކްޝަންސް ކޮމިޝަނުުގެ އިންތިޚާބާ ބެހޭ މަރުކަޒުގެ ކައިރީގައި ހުރި ގުދަނެކެވެ. މި ޙާދިސާ ހިނގި ސަރަޙައްދުގައި ސިފައިންނާއި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދާ ކަމަށް ސޯޝަލް މީޑިއާގައި މިހާރު އާންމުވަމުންދާ ވީޑިއޯއިން ފެނެއެވެ. އަދި އެއްޗިހި ގޮވާ އަޑުވެސް އިވެމުންދާކަމަށް އެ ހިސާބުގައި ތިބި މީހުން ބުނެއެވެ.



