- Advertisement -ad image

ފޭދޫގައި ހިނގި މާރާމާރީ އާއި ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ ފޭދޫގައި މިމަހުގެ ދެ ވަނަ ދުވަހު ހިނގި މާރާމާރީ އާއި ގުޅިގެން 16 އަހަރުގެ ކުޑަ ފިރިހެން ކުެއްޖަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފޭދޫގައި ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ވަނީ ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. ފުލުހުން އޭރު ބުނީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައުލޫމާތު އެރޭގެ 3:10 ގައި އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މިމާރާމާރީގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ބުނީ މިމައްސަލައާއި ގުޅިގެން އައްޑޫ ސިޓީން 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި ރަށުތެރޭގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހަކު ވެސް ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ