ތަޖުރިބާކާރު، ޙިކުމަތްތެރި އަދި ހަރު މީހުންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމުގައި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގަ އެވެ.
ދިޔާނާގެ ޕޯސްޓްގައި ވިދާޅުވީ ތަޖުރިބާކާރު، ޙިކުމަތްތެރި އަދި ހަރު މީހުންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމުގައި އެވެ. ދިޔާނާ މީގެ ކުރީން ވެސް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާތައް ވަރަށް ތަފްސީލު ކޮށްދެއްވާފަ އެވެ.
އަދި ގައުމާާއި ރައްޔިތުން އިސްކޮށް މާދަމާގެ ވޯޓްގައި “ފެންނަ” ކަމަށް ވޯޓްދޭން ދިޔާނާ ވަނީ އެދިވަޑައިގެންފަ އެވެ.



