މާދަމާ އޮންނަ ތިން އިންތިހާބުގެ ކެމްޕެއިންގެ ބޮޑު ހިނގާލުން ޕީއެންސީން ނިންމާލައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުން މިއަދިލު ހަވީރު 4 ޖެހިއިރު ފަށާފައިވަނީ ޕީއެންސީ އޮފީސް ކުރިމަތިންނެވެ. މި ހިނގާލުން ނިންމާލާފައިވަނީ އާރޓިފިޝަލް ބީޗަށެވެ.
މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަަދި އާއްމުން ބައިވެރިވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ 4 އެޕްރީލްވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 ން ހަވީރު 5:30 އަށެވެ.



