- Advertisement -ad image

ޔާމީންގެ ވެރިކަން ނިމުނުއިރު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ކަންތައް ވަނީ ނިމިފައި: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމުނުއިރުރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހާ ތައްޔާރީ ތަކާއި ގަވައިދުތައް ހުރީ ހަދައި ނިމިފައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ ދެއްކެވީ ސިޔާސީ ބޭނުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމަާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ އެންމެހާއި އުސޫލުތައް އޭރު ކެބިނެޓުން ފާސްވެސް ކުރި ކަމަށާއި ސަރުކާރު ވައްޓާލަން ބޭރުގެ ފަރާތްތަކުން ބޭނުންވި ސަބަބަކީ އެއީ ކަމަށެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމާއި ބެހޭ އުސޫލު ތައް ކެބިނެޓުން ނިންމިއިރު އެކަމާ ބެހޭގޮތުން އިސްލާމީ ޝަރީއާގައި އޮތް ގޮތް ސާފުކުރަން އޭރުގެ ރައީސުލްޖުމުހޫރިއްޔާ ރައީސް ޔާމީން އިލްމްވެރިން ގެންދަވައިގެން މައުލޫމާތުވެސް ހޯދި ކަމަށެވެ. ޝަހީމް ވިދާޅުވީ މި ތާރީހީ ހަގީގަތް ފާހަގަ ކުރުމަކީ ބޭނުންތެރި ކަމެއް ކަމުގައިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ