- Advertisement -ad image

މަރުގެ އަދަބު ތަންފީޒު ކުރުމުގެ މަސައްކަތް ރައީސް ޔާމީން ކުރިއަށް ގެންދިޔަ: އުމަރު

ad image

ގުޅުންހުރި ލިޔުންތައް

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވިސްނުން ކުރީ ސަރުކާރުން ގެންގުޅުނު ކަމަށާއި އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށް، ޤަވާއިދު އެކުލަވާލާ ގެޒެޓް ކުރި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މަރުގެ ހުކުމާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ހޯމް މިނިސްޓަރ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ، އޭނާގެ މިނިސްޓަރު ކަމުގައި ސުޕްރީމް ކޯޓުގެ މަރުޙަލާ ނިމިފައި ހުރި އެއްވެސް ޤައިދީ އަކު ނެތް ކަމަށެވެ. އަދި އެ މަރުހަލާ ނިމިގެން އައި އައިނަމަ، އަދި ވާރިސުން އެދޭނަމަ، މަރުގެ އަދަބު އޭރު ތަންފީޒް ކުރެވުނީސް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ގިސާސް ހިފަންވީތޯ ނުވަތަ މައާފް ކުރަންވީތޯ އެއީ ދައުލަތަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި އެއީ މަރުވި މީހާގެ ވާރިސުންގެ ހައްޤެއް އަދި އެމީހުން އެދޭނަމަ ޤިސާސް ހިފަން ޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ