ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރިއަށް އޮތް ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ 6 އޭޕްރީލް 2026 ވާ ހޯމަދުވަހުއެވެ.
މި ދަތުރުފުޅަކީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅާ ގުޅޭ އެންމެހައި ކަންކަން ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައި ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.



