- Advertisement -ad image

ޑެންގީ، އަރިދަފުސްރޯގާ އަދި އިންފްލުއެންޒާ އާދަޔާ ހިލާފަށް ފެތުރޭތީ ސަމާލުވާން އެދެފި

ad image

ގުޅުންހުރި ލިޔުންތައް

ޑެންގީ، އަރިދަފުސްރޯގާ އަދި އިންފްލުއެންޒާ ޖެހިގެން ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެޕްރީލު މަހު ޑެންގީގެ 92 ކޭސް ރިޕޯޓްކޮށްފައިވާއިރު މެއި މަހު ވަނީ 185 ކޭސް ރިޕޯޓްކޮށްފައެވެ.

އެޕްރީލު މަހު ވަނީ އަރިދަފުސްރޯގާގެ 12978 ކޭސް ރިޕޯޓްކޮށްފައެވެ. އަދި ނިމުނު މެއިމަހު މި އަދަދަދު ވަނީ 13361 އަށް އުފުލިފައެވެ. މީގެ އިތުރުން އެޕްރީލް މަހު ވަނީ އިންފުލުއެންޒާއަށް66 މީހުން ޓެސްޓްކޮށްފައެވެ. މީގެތެރެއިން ޕޮޒިިޓިވްވެފައިވަނީ 4 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ބޭރަށްހިންގުމާއި ހޮޑުލުންވެސް ދަނީ އާދަޔާ ހިލާފަށް ފެތުރެމުން ކަމަށާއި އެގޮތުން ކެއުމުގެ ކުރިންނާ ކާއެއްޗެހި ހެދުމުގެ ކުރިން ރަނގަޅަށް އަތްދޮންނަން އާދަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ