ކެބިނެޓްގައި ހިމެނޭ ގިނަ މިނިސްޓަރުންތަކެއް މިއަދު އިސްތިއުފާދީ، ބައެއް މިނިސްޓަރުން މަގާމުން ވަކިކޮށްފިއެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ،
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ އާއިޝަތު ޝިހާމްއެވެ.
އަދި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ،
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންއެވެ.
ސަރުކާރުގެ ކެބިނެޓުގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް މި މަހުގެ ހަ ވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.



