ޑިފެންސް މިނިސްޓަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޙަސަން ރަޝީދު ރޭ އައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. މުހައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ހަސަން ރަޝީދު ހުންނެވީ މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
މީގެއިތުރުން ހަސަން ރަޝީދުވަނީ މީގެ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މުއިއްޒު މިނިސްޓަރަކަށް ހުންނެވި ހައުސިން މިނިސްޓްރީގައި ވެސް 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.



