- Advertisement -ad image

އާއްމުންނަށް ހުޅުވާލި 100 ކޯޓާއަށް ގުރުއަތު ނަގައިފި، ފައިސާ ދެއްކުމުގެ ފުރުސަތު 9 ޖުލައި އާ ހަމައަށް

ad image

ގުޅުންހުރި ލިޔުންތައް

ހައްޖުކޯޕަރޭޝަނުން އާއްމުންނަށް ހުޅުވާލި 100 ކޯޓާއަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާއްމުކޮށްފިއެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން ހޮވުނު ފަރާތްތަކުގެ ލިސްޓް މިހާރު އާއްމުކޮށް ހުޅުވާލައިފާވާ ކަމަށެވެ.

އަދި ގުރުއަތުން ހޮވިފައިވާ 100 ފަރާތުން، އާންމުންނަށް ހާއްސަކޮށްފައިވާ 100 ކޯޓާއަށް ހޮވޭ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ކަމުގައިވާ 76,960.00 ރުފިޔާ، 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ކުންފުންޏަށް ދައްކާ ހަލާސްކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. މިއަހަރު ރާއްޖެއަށް ހައްޖަށް ދިއުމަށް ލިބިފައިވަނީ 453 ކޯޓާއެވެ. ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު ފުރާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ގުރުއަތުން ހޮވިފައިވާ 100 ފަރާތުގެ ތެރެއިން ފަރާތެއް، އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ވެއިންޓިންގ ކިއޫގެ ގޮތުގައި ގުރުއަތުން ހޮވިފައިވާ ތަރުތީބުން ޖާގަ ދެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކުރިޔައް އެއްދުވަސް ތަކުގައި ވެސް ރަމަޟާން މަހުގެ ކުރިން ތިކަންއަންގަބަލަ އެއިރުންއެއްނޫންތަ އެހެންމީހުނަށް ވެސް 💔😭😭😭

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ