- Advertisement -ad image

ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފި

ad image

ގުޅުންހުރި ލިޔުންތައް

ޤަނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓައިފިއެވެ.

އެގޮތުން މ މުލިން 76 ނޯޓިކަލް މޭލު އިރުން ހިފެހެއްޓި މަސްބޯޓުގެ މަޢުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ “އަލަމާ 2” ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ޖުމްލަ 6 ފަޅުވެރިން ތިބި ލަންކާގެ މަސްބޯޓު މިހާރު ދަނީ ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ.ކައްދޫއަށް ދަތުރުކުރަމުން ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ