Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީއަށް އިސްލާހުތައް ގެންނަން ގަސްތެއްނުކުރަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ގާނޫނުއަސާސީ އިސްލާހުކޮށް ބަދަލުކުރުމަކީ ރައްޔިތުން އެންމެ ރުހޭ ގޮތް ނޫންކަމަށް ފެންނާތީ، ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީއަށް އިސްލާހުތައް ގެންނަން ގަސްތުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ރައްޔިތުން ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ ބަދަލުކުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަން އެނގިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އެހެންވީމާ ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ އިސްލާހެއް ކުރިއަށް އޮތް ތާނގައި ގެންނާކަށް އަޅުގަނޑުމެން ގަސްތެއްނުކުރަން،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ނުގެނައި ނަމަވެސް، އާންމު ގާނޫނުތަކަށް ބަދަލު ގެނެސްގެން ދައުލަތުގެ ނިޒާމަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތައް ގެނައުމުގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށުން ވަކިކޮށް ޖުޑީޝަލް ކައުންސިލެއްގެ ދަށަށް ބަދަލުކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ ގެންނަންޖެހޭ މުހިއްމު ބަދަލުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް އޭޕްރީލް 4 ވަނަ ދުވަހު ނެގި ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ 69 އިންސައްތަ މީހުން ވަނީ އެ އިސްލާހު ތަސްދީގުކުރަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން އަބަދުވެސް އަމަލުކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށާއި، އިންތިހާބުގައި ރައްޔިތުން ދިން މެސެޖު ގަބޫލުކުރައްވައި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ އެގޮތުގެ މަތިން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ