- Advertisement -ad image

ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަން މީހުނަށްކުރޭ!

ad image

ގުޅުންހުރި ލިޔުންތައް

ޖަރާސީމާ ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށްވުރެ ގިނަ މީހުނަށް ކުރާ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީގެ ތެރެއިން އަހަރަކު ގާތް ގަނޑަކަށް 420،200 މީހުންގެ ފުރާނަ ގެއްލިގެންދާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު ކާބޯތަކތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދު ކުރެވޭނެ ކަމަށް މޯލްޑިވްސް ފުޑު އެންޑް ޑުރަގު އޮތޯރިޓީން ހާމަކުރެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި ފުޑު އެންޑް ޑުރަގު އޮތޯރިޓީން ބުނީ އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ މުއައްސަސާތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށްގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ