- Advertisement -ad image

ހިޔާ ކޯޓޔާރޑްގައި އާއްމުން އިންދާފައި ހުރި ގަސްތައް ނަގަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 2 ގައި ހަދާފައިހުރި ހިޔާ ފްލެޓްތަކުގެ ކޯޓް ޔާރޑްގައި އާއްމުން އިންދާފައި ހުރި ގަސްތައް ނަގަން އެޗްޑީސީން އަންގައިފިއެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ހިޔާ ފްލެޓް ކޯޓް ޔާރޑް ތަރައްގީ ކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާތީ، ކޯޓް ޔާރޑް ހިމެނޭ ސަރަހައްދުގައި އާއްމު ފަރާތްތަކުން އިންދާފައިވާ ގަސްތައް މިމަހުގެ 23 ގެ ކުރިން ނަގާ ސާފުކޮށް ދިނުމަށް އެދޭ ކަމަށެވެ.

އަދި 23 ޖޫންގެ ފަހުން ނުނަގާ ހުރި ގަސްތައް އެ ކޯޕަރޭޝަނުގެ ފަރާތުން ނަގާ ސާފުކުރާނެ ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ. އަލަށް މީހުން ދިރިއުޅެން ފަށާފައިވަަ ހިޔާ ފްލެޓް ކޯޓު ޔާރޑްތަކުގައި ވަރަށް ގިނަ އާއްމުން އެކި ބާވަތުގެ ގަސް އިންދާފައި ހުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ