- Advertisement -ad image

ކައުންސިލްގެ ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި ކަމަށް ކަނޑައަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކުން ނަގާ ވޯޓުގައި ރިޔާސަތަށް ބައިވެރިވެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ ބޯޑުގެ މިއަހަރުގެ 6 ވަނަ ބައްދަލުވުމުގައި ނިންމާފައިވާގޮތުން ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނީ ވޯޓު އެއްވަރުވެއްޖެ ހާލަތުގައެވެ.

ނަމަވެސް މުޅި ކައުންސިލްގެ އަގުލަބިއްޔަތުން ނިންމަންޖެހޭ ކަންތައްތަކުގައި ނިންމުމެއް ފާސްކުރަން މަދުވަނީ އެއްވޯޓު ކަމުގައިވާނަމަ ރިޔާސަތުން ވޯޓުގައި ބައިވެރިވެވިދާނެ ކަމަށް އެލްޖީއޭގެ ނިންމުމުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ