- Advertisement -ad image

އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފިއެވެ.

އެ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ކޮންގްރެސް 2022 އަށް، ޕާޓީގެ އަސާސީ ޤަވައިދަށް އިސްލާޙު ހުށަހެޅުމަށް 7 ޖޫން އިން ފެށިގެން 30 ޖޫން (ބުރާސްފަތި) ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާޙު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމް ފުރައިގެންނެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާޙު ހުށަހަޅުއްވާ ކަމުގައި ވީނަމަވެސް، އިސްލާޙު ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ހުޅުވާލާފައިވާއިރު އަންނަ އޯގަސްޓްމަހުގެ 19 ވަނަ ދުވަހު އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ