- Advertisement -ad image

ގޭބިސީތަކުގެ 15 އިންސައްތަ ކަސްޓަމަރުން ވަރަށް ރަނގަޅަށް ކުނި ވަކިކުރޭ: ވެމްކޯ

ad image

ގުޅުންހުރި ލިޔުންތައް

ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުގެ 15 އިންސައްތަ ކަސްޓަމަރުން ވަރަށް ރަނގަޅަށް ކުނި ވަކި ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފިއެވެ. ކުނި ވަކި ކޮށްގެން ބަލައިގަތުމާއި ގުޅޭ ފާއިތުވި 7 ދުވަހުގެ ތަފާސް ހިސާބު ވެމްކޯއިން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެގޮތުން ކުނި ވަކިކޮށްގެން ބަލައިގަތުމުގެ ކުރިން ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކޮންމެ ދުވަހަކު 1300 އަށްވުރެ ގިނަ ޑަސްބިންގެ ދުވަހު ކުނި ދިޔައީ އުކަމުން ކަމަށެވެ. އަދި ފާއިތުވި 7 ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިވަގުތު ލިބެމުންދާ ކުނީގެ 51 އިންސައްތައަކީ އެހެނިހެން ކުނީގެ ބާވަތްތައް ކަމަށް ވެމްކޯއިން ހާމަކުރެއެވެ.

މީގެ އިތުރުން އަދި 49 އިންސައްތަ އަކީ އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏެވެ. މިގެނެވުނު ބަދަލާއެކު އުފެދޭ ދުވަހު ކުނީގެ އިންސައްތައަށް ބޮޑު ބަދަލެއް އައި ކަމަކަށް ފާހަގަ ނުވާ ކަމަށާއި ބައެއް ގޭބިސީތަކުން އެހެނިހެން ކުނި އަދި ޕުލާސްޓިކް ފުޅީގެ ކުނި އަޅާފައިވާ ކޮތަޅު ފުރާލުމަށްފަހު ނެރޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ގޭބިސީތަކުން އުކާލާ ކުނީގެ ތެރެއިން ޕްލާސްޓިކް ފުޅީގެ އެކި ބާވަތްތައް ވަނީ 27 އިންސައްތަ އިތުރުވެފައި ކަމަށްވެސް ވެމްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ގޭބިސީތަކުން ކުނި ވަކިކުރިޔަސް ވެމްކޯ މުއައްޒިފުން ފުޅިތައް ފިއަވާ ދެންހުންނަ ހުރިހާކުނިތައް އެއްޑަސްބީނަކައް އަޅާލަނީ އެކަން ބަލާކައް މީހަކު ނުހުރޭ ދައްކާވާހަކަޔާ އަމަލެއް ދިމާނުވޭ ގޯސްވާނީ ރައްޔިތުމީހާ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ