އިހުލާސްތެރި ކަމެއް ނެތި ވޯޓު ހޯދަން ދީނީ ކާރޑު ކުޅުނީ އަދި ކުޅެމުންދަނީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް މިހާރު ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވެފައި ކަމަށް ސަލަފު ޖަމިއްޔާގެ މެންބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް، ޑރ.މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިޔާޒު ވިދާޅުވީ، އިހުލާސްތެރި ކަމެއްނެތި ވޯޓުކޮޅެއް ހޯދުމުގެ ބޭނުމުގައި ދީނީ ކާރޑު ކުޅެން އުޅުނަސް ފައިދާއެއް ނުކުރާނެ ކަމަށެވެ. މި ޓުވީޓަށް ރައްދު ދެއްވަމުން އަލީ ރަމީޒު ވިދާޚުވީ، އިހުލާސްތެރި ކަމެއް ނެތި ދީނީ ކާރޑު ކުޅެން އުޅެގެން އޭގެ ހިތި ޒަހަރު ބޮމުންދަނީ ކޮންބައެއްކަންވެސް ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ.
‘ހަމްދު ސަލަވާތް ކިޔުމަށްފަހު މިހުރީ އޭ ކިތާބީ ހެކި ކިޔާ ފޭކް ނޫސް ކަރުދާގަނޑުތަކެއް ދެއްކީ އެތައް ސަތޭކަ ބައެއް ކުރިމަތީގައި ބުހުތާނު ދޮގުހަދައި މުސްލިމެއްގެ ބޮލުގައި މީހެއްގެ މަރުގެ އިލްޒާމު އަޅުވާލީ ތިމާމެން މަރުވާނެ ކަމަށްވެސް ގަބޫލު ނުކުރާތީ ތޯއެވެ؟ މިފަދަ އެތައް ޖަރީމާތަކެއް ހިންގާފައިވަނީ ކޮންބައެއްކަން ރައްޔިތުންނަށް ވަނީ ސާފުވެފައި’ އަލީ ރަމީޒުގެ ޕޯސްޓްގައި ބުނެފައިވެއެވެ.
އަދި ގިސާސް ހިފުމާމެދު މައުމޫނު، އެއީ ލާޒިމުކަމެއް ނޫނޭ ބުނުމުން އެކަމުގައި ދީނީ ކާރޑުން އިހުތިޖާޖު ކުރި ޕާޓީގެ ޒައީމު މިއަދު ސަރުކާރުގެ ސިޔާސަތަކީ ގިސާސް ހިފުން ނޫން ކަމަށް ފާޅުގައި ޝަރީހަ އިބާރާތުން ބުނުމުން އިހުލާސްތެރިންނާއި މުނާފިގުން ރައްޔިތުންނަށް ފިސާރި ރަނގަޅަށް ވަނީ ސާފުވެފައި ކަމަށްވެސް އަލީ ރަމީޒު ބުނެފައިވެއެވެ. އަދި ޕޯސްޓް ނިންމާލަމުން ލަދު ހަޔާތް ނެތިއްޔާ ކޮންމެ އެއްޗެއްވެސް ކިޔަންވީ ކަމަށް ބުނެފައިވެއެވެ.
ދެމީހުންނަކީވެސް އެއްކާޑެއްކުޅޭދެމީހުން ތަފާތަކީ ފަގުޑީގެތަފާތު
ޢަލީރަމީޒު މާޅުދޯ
ސާބަސް.ވ.ބޮޑުތެދުފުޅެއް.