މުޅި ޕީއެންސީ އޮތީ ގަދަކޮށް އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީން ތިބީ ހައްގުގެ މަގުގައި ކަމަށާއި، އެ ދުވަހުވެސް އަދި މިއަދުވެސް ވަކާލާތު ކުރީ ހައްގަށް ކަމަށެވެ. އެއިރާއި މިހާރުވެސް ވާހަަކަދެއްކީ ރައްޔިތުންގެ ހައްގުގައި ކަމަަށާއި އެ ދުވަހުވެސް މިއަދުވެސް މި ތިބީ އެ ފިކުރުގައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
“ކޮންގްރެސް ޕާޓީ މި އޮތި ގަދަކޮށް، މިއީ ބިނާ ކުރަނިވި، މިއީ ގައުމީ ފިކުރު، މިއީ އެއްބައިވަންތަކުގެ ފިކުރު، މިއީ ރަހުމަތްތެރިކަމުގެ ފިކުރު، މިއީ ދީނީ ވަހުދަތު ރައްކާތެރިކަމުގެ ފިކުރު،”. އަބްދުއްރަހީމް ވިދާޅުވިއެވެ.
މިޖަލްސާގައި ވަހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވީ އަމިއްލަ އެދުންތަކެއް ހާސިލް ކުރަން ކަމަަށެވެ.
ކުރީގެ ރައީސް، މުހައްމަދު ނަޝީދު، ކުރީގެ ރައީސް އިބްރާހިމް މުހައްދު ސޯލިހުގެ އިތުރުން ކުރީގެ ރައީސް، އަބްދުﷲ ޔާމީން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އިއުލާނުކޮށްފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާއި 2 ނޫސްވެރިން ހިލާފުވުމާއި ގުޅިގެން އެ ނޫސްވެރިން ޖަލަށް ލުމާއި އެކު، ނޫސްވެރިންނާއި މެދު ފިޔަވަޅުތައް އަޅާ ކަމަށް ބުނެއެވެ.
ޕީއެންސީ ހަރުގޭގައި ކުރިއަށްގެންދާ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، އިންސާނަކަށް ދިމާވާނެ އެންމެ ނުރައްކާތެރި އެއް ކަމަކީ ހަނދާން ނެތުމުގެ ބަލި ޖެހުން ކަމަށެވެ. ހަނދާން ނެތެމުގެ ބަލި ޖެހުމަކީ އިންސާނުންނަށް ދިމާވާ ވަރަށް ހިތާމަވެރި ބައްޔެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



